ޚަބަރު

ޕީޕީއެމްއިން ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާ ފަށައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކޮންގްރެސް ފަށައިފިއެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން، ބާއްވާ އެޕާޓީގެ ޤައުމީ ޖަލްސާގައި ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ބައިވެރިވެ ވަޑައިގަންނަވައެެވެ.

ޕީޕިއެމްގެ ޤައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދަށް ބަދަލުގެނައުމަށް ހަމަޖެހިފައިވާއިރު، ޕާޓީގެ ރައީސާއި ނައިބްރައީސްވެސް ހޮވުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމުން މަޢުލޫމާތުދެއެވެ. އަދި މި ޖަލްސާގައި ޕާޓީގެ ކައުންސިލަށް މެންބަރުން އައްޔަންކުރުންވެސް ކުރިއަށްދާނެކަމަށް ޕީޕިއެމުން ބުނެއެވެ.

ޕީޕީއެމްގެ ގޮސްގްރެސް ފެށިފައިވާއިރު، ގިނަ އަދަދެއްގެ މެންބަރުން ޕާޓީގެ ކައުންސިލަށް ކުރިމަތިލާފައިވާކަމަށް މަޢުލޫމާތުލިބެއެވެ. އަދި ޕީޕީއެމްގެ ނައިބްރައީސްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ކުރިމަތިލައްވާފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ.

މި ޖަލްސާ މިއަދާއި މާދަމާ ކުރިއަށްދާނެކަމަށް ޕީޕީއެމުން ބުނެއެވެ.