ޚަބަރު

ދިވެހި އާހިތައިގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން ރެޑްބުލް އާ ގުޅިގެން ބާއްވާ އެޑްވެންޗާރސް އޮފް މޯލްޑިވްސް ވީޑިއޯ ކޮމްޕެޓިޝަން، ދިވެހި 'އާހިތައިގެ' ދެވަނަ އެޑިޝަން ލޯންޗްކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ކެންޕެއިން ކަމަށްވާ "ސްޓޯރީސް އޮފް މޯލްޑިވްސް"ގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މިއިވެންޓަކީ ދިވެހިންނާއި ފަތުރުވެރިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ އިވެންޓެކެވެ. އެމްއެމްޕީއާރްސީން ބުނީ މިމުބާރާތް ކުރިއަށްގެންދަނީ ސެޕްޓެމްބަރު މަހުގެ ސައްބީސްވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ސައްބީސްވަނަ ދުވަހާއިހަމައަށްކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ މިމުބާރާތް އިންތިޒާމުކުރުމުގެ މަޤުސަދަކީ ދިވެހިންނާއި ފަތުރުވެރިންގެ ފަރާތުން ރާއްޖޭގެ އެކި ކަހަލަ ކުޅިވަރުތަކުގައި ބައިވެރިވެ އެވާހަކަތަށް ވީޑިޔޯއަކުން ދައްކުވައިދީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާޙައުލު އިޝްތިހާރުކުރުންކަމަށެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ކަހަލަ ކުޅިވަރުތަކާއި ޑައިވިންގ މަންޒަތުތަކާއި އެކި ޙަރަކާތްތަކުގައި ބައިވެރިވާ މަންޒަރުތައް ދައްކުވައިދޭ ވީޑީއޯ ފޭސްބުކް މެދުވެރިކޮށް ހުށައަޅައިދެވިދާނެކަމަށް އެފަރާތުން ބުނެއެވެ.

މިއީ ދިވެހި އަހިތަ ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މިބާރާތުގައި ސާޅީސް ހަ ފަރާތަކުން ބައިވެރިވެފައިވާއިރު ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިވީޑިއޯތަކަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އަދި މިދިޔަ އަހަރުގައި ވީޑިއޯ ހުށައެޅިފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބުނު ދިހަ ވީޑިއޯ ވެސް ހޮވިއެވެ. މިއަހަރުގެ މުބާރާތުގެ ނަތީޖާފާޅުކުރުން އަންނަ ޑިސެމްބަރު މަހު ބާއްވާނެކަމަށް މިމުބާރާތް އިންތިޒާމްކުރަފަރާތުން ބުނެއެވެ.

އެޑްވެންޗާރސް އޮފް މޯލްޑިވްސް ވީޑިއޯ ކޮމްޕެޓިޝަން، ދިވެހި 'އާހިތައިގެ' ދެވަނަ އެޑިޝަން ކޯ ސްޕޯންސަރުންނަކީ ޔޫރޯ ސްޓޯރާއި ޓެކް ސްޓްރީޓްސްއެވެ.