ޚަބަރު

ރިޔާސީ އިންތިޚާބާބެހޭ މައްސަލަތައް ޤައުމީ ކޮމްޕްލެއިންސް ބިއުރޯއިން ބަލައިގަންނަން ފަށައިފި


ރިޔާސީ އިންތިޚާބާ ބެހޭގޮތުން ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތައް ބަލައިގަންނަން ފަށައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށްގަޑި ތިރީހުން މެންދުރު ތިނަކަށް ދަރުބާރުގޭގެ ހަކުރާ މާލަމާއި އިންތިޚާބުގެ ކަންތައްތަކާބެހޭ މައި މަރުކަޒު، ބާ ޖަމާލުއްދީން ގައި ޝަކުވާ ބަލައިގަތުން ކުރިއަށް ދާނެކަމަށެވެ.

އިންތިޚާބާބެހޭ މައްސަލަތައް ބަލައިގަތުމުގެ ޚިދުމަތް ލިބެން ނެތްކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވަމުން އިލެކްޝަން ކޮމިޝަނުން ބުނީ މިއީ ދޮގު ވާހަކަތަކެއް ކަމަށާއި ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ޚިދުމަތް ބަރާބަރަށް ލިބިގެންދާނެކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ސުލްޙަވެރި އަދި އަމާން އިންތިޚާބެއްކަމަށް އެޗްއާރްސީއެމްއާއި ޓްރާސްޕޭރަންސީ މޯލްޑިވްސްގެ އިތުރުން ބޭރުގެ އޮބްޒާވަރުންވެސް ވަނީ ފާހަގަކޮށްފައެވެ.