ޚަބަރު

ވެލިގާ ހާރޑްވެއަރގެ އައު ފިހާރައެއް ހުޅުވައިފި


ވެލިގާ ހާރޑްވެއާރގެ އައު ފިހާރައެއް ހުޅުވައިފިއެވެ.

ވެލިގާ ހާރޑްވެއަރގެ އައު ފިހާރައެއް ހުޅުވާފައިވަނީ ކުރިން ބާޒާރުމަތީގައިހުރި ވެލިގާ ހާރޑްވެއަރގެ ފިހާރަ ކަސްޓަމްސް ސަރަހައްދަށް ބަދަލުކުރުމަށްފަހުއެވެ. އެގޮތުން މި ފިހާރަ ކަސްޓަމްސް ސަރަހައްދަށް ބަދަލުކޮށްފައިވަނީ ޖާގަ އިތުރުކޮށް، އާމުންނަށް ފޯރުކޮށްދޭ މުދަލުގެ ބާވަތްތައް އިތުރުކޮށްދިނުމަށް ކަމަށް ވެލިގާ ހަރޑްވެއަރއިން ބުނެއެވެ. މި ފިހާރައިން ވެލިގާ ހަރޑްވެއަރގެ އެހެން ފިހާރަތަކުންވެސް ލިބޭ ތަކެތި ލިބޭނެކަމަށް އެ ފިހާރައިން ބުނެއެވެ. ވެލިގާ ހަރޑްވެއަރގެ މާކެޓިންގ މެނޭޖަރ އިރުފާއު ޢަބްދުﷲ ވިދާޅުވީ މި ފިހާރައިގެ ސަބަބުން ފަސޭހަކަމާއެކު އާއްމުންނަށް އެކި ބާވަތްތަކުގެ ހަރޑްވެއަރ ސާމާނު ލިބިގެންދާނެކަމަށެވެ. އިރުފާއު ވިދާޅުވީ އަލަށް ގެނައި ބަދަލުގެ ސަބަބުން އަތޮޅުތަކަށް މުދާ ގެންދާ ފަރާތްތަކަށްވެސް ލުއިފަސޭހަވާނެކަމަށެވެ.

"މި ފިހާރައިން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އެންމެ ކުދި ކުދި ސާމާނުން ފެށިގެންގޮސް، ޖުމްލަކޮށް ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ލިބޭނެ" އިރުފާއު ވިދާޅުވިއެވެ.

ވެލިގާ ހަރޑްވެއަރއިން 5 ފިހާރައެއް ގެންދަނީ ހިންގަމުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެގައި ހުޅުވާފައިވާ 4 ފިހާރައާއި، ހުޅުމާލެގައި ހުޅުވާފައިވާ ފިހާރައެއްކަމަށް ވެލިގާ ހާޑްވެއަރއިން ބުނެއެވެ.

ވެލިގާ ހާޑްވެއަރއިންދަނީ ކޮންސްޓަރކްޝަން މަސައްކަތަށް ބޭނުންކުުރާ ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރަމުންނެވެ.