ޚަބަރު

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައިޓް އެލާރޓް ނެރެފި


ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިރޭ 11:30 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަޙައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ހުވަދުއަތޮޅާއި އައްޑޫސިޓީއާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑަގައި 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދެކުނުގެ 3 އަތޮޅަށް މިއަދު ހަވީރު 5:15 އިން ފެށިގެން މިރޭ 11:30 އާ ހަމައަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާރޓް ނެރެފައެވެ.