ޚަބަރު

ފްލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް އަނެއްކާވެސް ފަށަން ތައްޔާރުވަނީ


ފުލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލައިމީގެ އޮފިޝަލަކު ވިދާޅުވީ، އެ އެއަރލައިންގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންއަންނަކަމަށެވެ. ނަމަވެސް ދަތުރުތައް ފެށޭނެ ވަކި ތާރީޙެއް އަދި ބުނަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

ފުލައިމީއިން މިހާރު ދަތުރުތައް ކުރަމުން އަންނަ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިއްޔާއި، ބ. ދަރަވަންދޫ ހިމެނެއެވެ.

އައްޑުއާއި ފުވައްމުލަކަށް މިހާރު ދަތުރުތައް ކުރަމުން އަންނަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެކަންޏެވެ.