ޚަބަރު

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށްފި


މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށްފިއެވެ.
އެގޮތުން އިންތިޚާބުގެ ވޯޓުލުން މިރޭ 7:00 އާ ހަމައަށް ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ކުރިން އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތީ ހަވީރު 4:00 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރީ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ވޯޓުލާ މަރުކަޒުތައް ކައިރީގައި ކިއު ހަދަމުންނެވެ.

މެންދުރު 13:00 އާ ހަމައަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން %42 މީހުން ވަނީ ވޯޓުލާފައިކަމަށް އިލެކްޝަންސް ކޮމިޝަނުންބުނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ. ވޯޓުލުމަށްޓަކާ ރާއްޖެއާއި ރާއްޖޭން ބޭރުގެ 4 ޤައުމެއް ހިމެނޭހެން ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.