ޚަބަރު

ހުޅުމާލެ "ހިޔާ" އަށް ފޯމު ހުށަހެޅި މީހުންނަށް އަދި ލިޔުމެއް ނުދެން - ހައުސިންގ މިނިސްޓްރީ


ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ "ހިޔާ" މަޝަރޫޢުގެ ފުލެޓްތަކަށް ހޮވޭ ފަރާތްތަކަށް އެކަމުގެ ލިޔުން ދޫކުރަމުންދާކަމަށްބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގެއްކަމަށާ، އެދި އެފަދަ ލިއުމެެއް ދޫކުރަން ފަށާފައިނުވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ނެރުު ބަޔާނެއްގައި ބުނެފައިވަނީ މީގެކުރިން ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ފަރާތްތަކަށާއި މާލޭ ގްރޭންޑްއާއި މާލެ ސްކޮއަރއިން ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކުމުގައި ދަތިކަން ހުރި ފަރާތްތަކަށް ހިޔާ މާޝްރޫޢުގެ ތެރެއިން ފުލެޓް ލިބިގެންދާނެކަން ޔަޤީންކަންކޮށްދިނުމުގެ ގޮތުން އެ ފަރާތްތަކަށް ރީކޮންފޮމޭޝަން ސިޓީތަކެއް ދޫކޮށްފައިވާކަމަށާއި މި ނޫން އެއްވެސް ލިޔުމެއް ހިޔާ މަޝްރޫޢުގެ ފްލެޓްތަކާ ގުޅިގެން ދޫކޮށްފައިނުވާކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ހިޔާާ މަޝްރޫޢުގެ ދަށުން ފުލެޓްތަކަށް އެދި ހުށައެޅުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހު ކަނޑައަޅާފއިވާއިރު އެ ފްލެޓްތަކަށް ކުރިމަތިލާ ހުރިހާ ފަރާތްތަކަސް ހުޅުމާލެ ދެވަނަ ފޔަވަހީގައި އަޅާ ފްލެތްތަކުން ފްލެޓް ލިބޭނެކަމަސް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފެއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިިނިސްޓްރީގެ ނަމުގައި ލިޔުން ހަދައިގެން ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ކަމަށެވެ.