ޚަބަރު

ފްލެޓްތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ސަރުކާރުން މަޢާފްކޮށްދެއްވައިފި


ހުޅުމާލޭގެ ފްލެޓްތަކަށް ދައްކަންޖެހޭ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލުއި ފަސޭޙަ ގޮތްތައް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އެކަށައެޅުމަކީ އެޗްޑީސީގެ އަމާޒެއްކަމަށެވެ. އެހެންކަމުން ފްލެޓްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވުމުގެ ސަބަބުން ދިގު މުއްދަތަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެއްވުމަށް އެކޯޕަރޭޝަނުން ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިގޮތަށް ނިންމުމަކީ ސަރުކާރުގެ ޕޮލިސީގެ ތެރެއިން ރައްޔިތުންނަށް ލިބެންހުރި ފަސޭޙަތައް ދެނެގަނެ، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ ލަފަޔާއެކު، ނިންމު ނިންމުމެއްކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ބަޔާނުގައި ފްލެޓް ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ ދައްކަންވެސް ފަސޭޙަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަމަށެވެ.