ޚަބަރު

ސިއްރުފެންފުށީގައި ބެހެއްޓި ބުދުތައް ނެގުމަށް 5 ގަޑިއިރުގެ މުހުލަތެއް ދީފި


ސިއްރުފެންފުށީގައި ބަހައްޓަފައިވާ ބުދުތައް މިއަދު މެންދުރު އެއްގަޑި ސުން މިނެޓުން ފެށިގެން 5 ގަޑިއިރުގެ ތެރޭގައި ނެގުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބުދުތައް ނެގުމަށް 5 ގަޑިއިރުގެ މުހުލަތެއް ދީފައިވަނީ ސިވިލް ކޯޓުން މިއަދު ނެރެފައިވާ އަމުރެއްގައިކަމަށެވެ. އަދި 5 ގަޑިއިރުގެ ތެރޭގައި ބުދުތައް ނުނަގައިފިނަމަ 7 ދުވަސް ތެރޭގައި އެ ބުދުތައް ނެގުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރާކަމަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައިވެއެވެ.

ސިއްރުފެންފުށީގައި އިންސާނުންގެ ސޫރަ ސިފަވާގޮތަކަށް ހުރި ބުދުތައް ނެގުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި މިވަނީ، އެ ބުދުތައް ބެހެއްޓިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމާގުޅިގެން އެބުދުތައް ނެގުމަށް ރައީސް އޮފީހުން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވަނިކޮށެވެ.