ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ އޮންނާނެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން އިންތިޒާމްކޮށްގެން ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 8:45 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.
"ދީނީ ޢިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް" މި ނަމުގައި ބާއްވާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދީނީ ސިޔާސަތުތަކަށް ތާޢީދުކޮށް، ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމަށާއި ދީނީ ޢިލްމުވެރިންނަށް ދެއްވާ އިސްކަން ފާހަގަކޮށް، ރައީސް ޔާމީނަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ. މިރޭގެ ޖަލްސާގައިވެސް ރާއްޖޭގެ ގިން އަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވާނެ.