އަތޮޅުތައް

ދަރަވަންދޫ ރައްޔިތުންނަށްވެސް މިހާރު ކަރަންޓް ޔަޤީން ވެއްޖެ - ފެނަކަ ކޯޕަރޭޝަން


ފެނަކަ ކޯޕަރޭޝަނުން ދަރަވަންދޫގައި އަލަށް ހުޅުވި އިންޖީނުގޭގެ އާ އިމާރާތުން ރަސްމީކޮށް ކަރަންޓުދޭންފެށުމާއެކު ދަރަވަންދޫ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަޤީންވެގެން ހިނގައްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިޔަށްގެންދާ "24 ގަޑި އިރު ކަރަންޓު ޔަޤީން" މަޝްރޫޢުގެ ދަށުން ބ.އަތޮޅު ދަރަވަންދޫގައި ތަރައްޤީކުރި އިންޖީނުގޭގެ އާއިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ވިދާޅުވީ މިއަދަކީ ދަރަވަންދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ދުވަހެއް ކަމަށެވެ. ރައީސް ޔާމީނުގެ މި ފަސްއަހަރު ދަރަވަންދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާ މިއަދު އެކަން ހަޤީގަތަކަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމް ހައްދަވައި ދެއްވާފައިވާކަން ލަމްޢާން ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެގާރަސަތޭކައަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ދަރަވަންދޫ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރައްވާ ލަމްޢާން ވިދާޅުވީ މީގެ އަށާރަ އަހަރު ކުރިން ރަށު މެދުގައި ހަދާފައިވާ އިންޖީނުގެއިން އަރާ ކަޅުދުމާއި، އަޑުގަދަވުމުގެ ޝަކުވާއަށް ޙައްލު ލިބިގެން މިދިޔައީ ރައީސް ޔާމީނުގެ ސަރުކާރުގައި ކަމަށެވެ.

މިއަދު ދަރަވަންދޫ އިންޖީނުގޭގެ އާއިމާރާތް ހުޅުވާ ކަރަންޓް ދިނުމަށް ފަހު، ކުރިން ކަރަންޓް ދެމުން އައި އިންޖީނު ގެއިން އެއްކޮށް ކަރަންޓް ކަނޑާލާ އިންޖީނުތައް ވަނީ ނިއްވާލާފައެވެ. ދަރަވަންދޫގައި ކުރިން ކަރަންޓް ފޯރުކޮށްދެމުންއައީ ދުއިސައްތަ ކިލޯ ވޮޓްގެ އިންޖީނަކާ، ސަތޭކަ ކިލޯވޮޓްގެ އިންޖީނަކާ، ހަތަރުސަތޭކަ ކިލޯ ވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން ހަސަތޭކަ ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އެހީގައެވެ.

ދަރަވަންދޫ އިންޖީނުގޭގެ އާއިމާރާތް ހުޅުވާ ކަރަންޓް ދިނުމަށް ފަހު ވަނީ ކުރިން ކަރަންޓް ދެމުން އައި އިންޖީނު ގެއިން އެއްކޮށް ކަރަންޓް ކަނޑާލާ އިންޖީނުތައް ނިއްވާލާފައެވެ. ދަރަވަންދޫގައި ކުރިން ކަރަންޓް ފޯރުކޮށްދެމުންއައީ ދުއިސައްތަ ކިލޯ ވޯޓްގެ އިންޖީނަކާ، ސަތޭކަ ކިލޯވޮޓްގެ އިންޖީނަކާ، ހަތަރުސަތޭކަ ކިލޯ ވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން ހަސަތޭކަ ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އެހީގައެވެ.

ނަމަވެސް ދައުލަތުގެ ބަޖެޓުން ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ދަރަވަންދޫގައި ސަރުކާރުން ތަރައްޤީކުރި އާ އިންޖީނުގޭގައި ބޭނުންކުރާނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.