ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލ. މާވަށަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރިއަށްގެންދަވާ އެންމެ ގާތުން ކެމްޕޭންގެ ދަށުން ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާވަށަށް ވަޑައިގެންފިއެވެ. މި ދަތުރުގައި އެކަމަނާ މާވަށަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެންމެ ގާތުން ކެމްޕެއިންގެ ދަށުން ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެކަމަނާ
ވަނީ މުޖުތަމަޢުގެ އަޅާލުން ބޭނުންވެފައިވާ ފަރާތްތަކާއި، އިސްރަށްވެހިންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި އެމީހުންގެ ޙާލު ބައްލަވައި ވަގުތުން ވަގުތަށް ދެވެން ހުރި ފަރުވާގެ ތަފްޞީލާއި، މިހާރު އެމީހުންނަށްކުރަމުންގެންދާ ފަރުވާގެ ތަފްޞީލް އެކަމަނާ ހޯއްދެވިއެވެ. އަދި އެކަމަނާ ވަނީ މާވަށުގެ އިސްރަށްވެހިންނާއި، ޒުވާނުންނާއި ޢާންމު ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވައި އެމީހުންގެ ކަނބޮޑުވުންތައް އަޑުއައްސަވާފައެވެ.

މި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ވަނީ އެރަށުގެ ވެރިކަންކުރާ ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ޒުވާނުން ވިޔަފާރިއެއް ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ ގެޓްސެޓް ލޯން 1000 ޒުވާނުންނަށް އިތުރު ކޮށްދެއްވަން ރައީސް ޔާމީން ނިންމަވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މާވަށަށް ޒިޔާރަތްކުރުމުން އެރަށު ރަށްޔިތުންވަނީ މާވަށަށް ބިން އިތުުރުކޮށްދިނުމަށާއި އެއަރޕޯޓްއެއް އެޅުމަށް އެދިލައްވާފައެވެ.