ޚަބަރު

ޑރ.ޝަހީމް މާފަންނު ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި


ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެމަނިކުފާނުގެ ރަނިން މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު މާފަންނުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް މާފަންނުގެ ގެތަކަށް ކުރި ޒިޔާރަތުގައި އެއަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލައްވައި، ރައްޔިތުން ބޭނުންވާ ކަންކަމުގެ އަޑު އެއްސެވިއެވެ. އަދި ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި މިހާރު ރައްޔިތުންނަށް ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް މާފަންނު ރައްޔިތުންގެ ގާތަށް ކުރެއްވި ޒިޔާރާތުގައި ބައެއް ދީނީ ޢިލްމްވެރިންނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޕީޕީއެމަށް ތާއީދު ކުރައްވާ އާއްމުންވެސް ބައިވެރިވިއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތްތައް ފައްޓަވައިފައި މިވަނީ އަތޮޅު ތެރެއަށް ވަޑައިގެން ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރެއްވުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށްފަހުއެވެ. އެގޮތުން ޑރ.ޝަހީމް އެއްމެ ފަހުން ވަޑައިގެންނެވީ ދ.އަތޮޅުގެ ރަށްތަކަށެވެ.