ޚަބަރު

އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯންގެ ދަށުން ބިންދޫކުރަން ހުޅުވާލައިފި


އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯންގެ ދަށުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ހުޅުވާލައިފިއެވެ. އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫއާއި، މީދޫ އަދި ހިކަހެރަ އިން ކަނޑައަޅާފައިވާ ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރިކުރުމަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުއަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަހުގެ 17 އިން 27 ގެ ނިޔަލަށް ބިޑްހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ. ބިޑް ފޮތް ލިބެންހުންނާނީ އެމްއައިޓީޑީސީއާއި، އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، އަދި ހުޅުމީދޫ ގެ "ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާރޓްމަންޓް" އިންނެވެ. ބިޑް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިކަމަށާއި، ހުށައަޅާ ބިޑްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ، 1 އޮކްޓޯބަރ ވަނަ ދުވަހުގެ 1400 ގައިކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ.