ޚަބަރު

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުވައިދެއްވައިފި


އައްޑޫ ސިޓީގައި ހުޅުމީދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ ހައުސިން ޔުނިޓްތައް ރައީސުލްޖުމްހުިރއްޔާ ޢަބްދުލްﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާހްކޮށދެއްވާއިފިއެވެ.

ހުޅުމީދޫގައި ސަރުކާރުން ޤާއިމްކޮށްފައިވަނީ 48 ހައުސިން ޔުނިޓެވެ. މި ހައުސިން ޔުނިޓްތަކަކީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ހައުސިން މަޝްރޫޢަކީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހީއާއކު 32 މިލަޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޯށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު ނިންމާފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގައެވެ.

އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވެ ފުލެޓު ލިބުމަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާން ކުރުމަށްފަހު، މިފަރާތްތަކަށް ފުލެޓު ޙަވާލުކުރުމަށްޓަކައި، އެގްރީމަންޓްގައި ސޮއިކުރުން މިމަހު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިފުލެޓުތަކަށް ފެނާއި ކަރަންޓް ގުޅުމަށް ފެނަކަ ކޯޕަރޭޝަނާއިއެކުމިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ވަނީ އެއްބަސްވެވިފައެވެ. މިމަސައްކަތް ނިންމުމަށް 145 ދުވަހުގެ މުއްދަތެއް ވަނީ ދެވިފައެވެ.