ޚަބަރު

ރައީސް ޔާމީނަށް ތާޢީދުކުރާ ޢިލްމުވެރިންގެ ފޮޓޯއަށް ސަމާލުކަން ހުއްޓިއްޖެ


ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.ޝަހީމަށް ތާއިދު ކުރައްވާކަމަށް ދައުރުވާ 66 އިލްމުވެރިންގެ ފޮޓޯ ހިމެނޭ ޕޯސްޓަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކޮމެންޓްކުރަމުންދާ ފޮޓޯގައި ހިމެނޭ ގިނަ އިލްމުވެރިންނަކީ މީގެ ކުރިންވެސް ލާދީނީ ކަންކަމާ ދެކޮޅު އަދި ޚާއްސަކޮށް ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ފަރާތްތަކާއި ދެކޮޅު އަދި ކީރިތި ޤްރުއާންގެ ހައްދުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހައްދަވާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައިވާ އިލްމުވެރިންނެވެ.

އެގޮތުން 2013 ގައި އެބޭފުޅުންގެ ތެރެއިން 64 އިލްމުވެރިޔަކު އިސްވެ ހުންނަވައިގެން ނަޝީދު ތައުބާވުމަށް ގޮވާލާ ނަޝީދުގެ ފަރާތުން ފެންނަ ލާދީނީ އަމަލުތަކުގެ ތަފްސީލު ހިމެނޭ ފޮތެއް އެކުލަވާލައްވާފައިވެއެވެ.

ޑރ. ޝަހީމް ރައީސް ޔާމީންގެ ރަނިންމޭޓްކަމަށް ހަމަޖެހުމާއިއެކު ރާއްޖޭގެ ބައެއް އިލްމުވެރިން ވަނީ ފާޅުކަން ބޮޑުގޮތެއްގައި ޝަހީމަށް މަރުހަބާ ވިދާޅުވެ، ތާއީދު އޮތްކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު އާއި އައްޝައިޚް އަހްމަދު ސަމީރު އަޙްމަދާއި ޖަމިއްޔަތުއްސަލަފުގެ ނާއިބު ރައީސް އައްޝައިޙް ހަސަން މޫސާ ފިކްރީ ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ރައިސް ނަޝީދު ތައުބާވުމަށް ކުރިން ގޮވާލި ބޭފުޅުންގެ ހިމެނޭ ބައެއް ބޭފުޅުން މިހާރު އިދިކޮޅަށް ތާއީދު ކުރައްވަނީ ނަޝީދު ކުރިން ކުރެއްވި އަދި ދެއްކެވި ވާހަކަތަކަށް ތައުބާ ނުވަނީސްކަން ދީނަށް ލޯބިކުރައްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ދަނީ ހާމަކުރަމުންނެވެ.