ޚަބަރު

ޚިޔާނާތާ ގުޅޭގޮތުން ރައީސް ސުވާލުކުރެއްވުމުން އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު އުޅުނު - މޫސާ ޒަމީރު


އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސުވާލުކުރެއްވުމުން، ރައީސް ޔާމީން އަވަހާރަކޮށްލަން ބަޔަކު މަސައްކަތްކުރިކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކުގެ ތަފްޞީލާއި، ފަޅުތަކާއި ރަށްތަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ޢާންމްދަނީގެ ތަފްޞީލް ހޯދުމަށް އެކަންކަމާ ޙަވާލުކުރައްވާފައިވާ މީހުންނާއި ރައީސް ސުވާލުކުރެއްވި ކަމަށާ އެކަންކުރެއްވިކަން ލިޔެކިޔުންތަކުން ފެންނަ އެބައޮތް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ފަޅުތަކާއި ރަށްތަށް ކުށްޔަށް ދީގެން ދައުލަތަށް ވަނަންޖެހޭ ފައިސާ އެހެން ދިމަދިމާއަށް ވަދެފައިވާ ކަމަށާ އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު އެހެން ތަޙުޤީޤްވެސް ކުރަމުން ގެންދާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރިސޯޓު ހެދުމަށް ރަށްތަކާއި ފަޅުތައް ދޫކުރާ އުސޫލު އިސްލާޙުކޮށްފައިވާނެ ކަމަށާއި އެކަން މިހާރު ކުރަމުން ގެންދަނީ ހަރުދަނާ އުސޫލުއްގެދަށުން ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ އޮކޯޓޯބަރު މަހުން ފެށިގެން މިއަދާ ހަމަޔަށް ފަޅުތަކާއި ރަށްތަށް ކުއްޔަށް ދޫކޮށްގެން 100 މިލިއަން ޔޫއެސް ޑޮލަރު މީރީއަށް ލިބިފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.