ޚަބަރު

ސ.ހިތަދޫގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ފިހާރައިގެ %90 އަނދައިފި


ސ.ހިތަދޫގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ފިހާރައިގެ %90 އަނދައިފިއެވެ.

ރޭ ފަތިހު ހިނގި މި ހާދިސާގައި އެއްވެސް މީހަކަަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ސ.ހިތަދޫގައި ހުންނަ "ކައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައެއްގައެވެ.

މި ހާދިސާގައި ފިހާރައިގެ %90 އަނދާފައިވާއިރު، އެއްވެސް މުދަލެއް ސަލާމަތްކުރެވިފައި ނުވާކަމަށް ފިހާރައިގެ ވެރިފަރާތުންބުނެެވެ. ފިހާރައިގެ ވެރިފަރާތުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ލިބުމާއެކު ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 05:25 ގައި ކަމަށެވެ.

މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.