ޚަބަރު

ރިޔާއިންތިޚާބާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ސަފީރު ފޮރިން ސެކެޓްރީއާ މަޝްވަރާކުރައްވައިފި


ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބާ ބެހޭގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރާއްޖޭގެ ފޮރިން ސެކެރެޓަރީއާ މަޝްވަރާކުރައްވައިފިއެވެ.

ފޮރިން ސެކެޓްރީ އަޙްމަދު ސަރީރާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް ބައްދަލްކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގައެވެ. މިބައްދަލުވުމުގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާބެހޭ މަޢުލޫމާތު ފޮރިން ސެކެޓްރީވަނީ އިނގިރޭސި ސަފީރާ ޙިއްސާކޮށްފައެވެ.

މީގެއިތުރުން އިނގިރޭސިވިލާތާއި ރާއްޖެއާ އޮންނަ ގުޅުމާ، މިގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާބެހޭގޮތުން ދެބޭފުޅުންވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. މިބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ އިތުރު އޮފިޝަލުންވެސް ބައިވެރިވެވަޑައިގަނެފައިވާއިރު، ކޮލޮންބޯގައި ހުންނަ ބްރިޓިޝް އެންބަސީގެ ސެކަންޑް ސެކެޓްރީވެސް ބައިވެރިވެވަޑައިގަތެވެ.