ޚަބަރު

ވޯޓް ފޮށިތައް ކައިރީގައި ތިބޭ މީހުން ތަމްރީން ކުރަންފަށައިފި


މިމަހުގެ ތޭވީސްވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ ވެރިންނާއި އެހީތެރިން ތަމްރީންކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

މިއަދު ހެނދުނު ފެށި މި ތަމްރީން ޕްރޮގްރާމް މިރޭ ނިމޭނެކަމަށް އިލެކްޝަންސްް ކޮމިޝަނުން ބުނެއެވެ. އަދި އަންނަ ހަފްތާގައިވެސް މިފަދަ އިތުރު ޕްރޮގްރާމެއް، މާލޭގެ ވޯޓު ފޮށިތައް ކައިރީގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި، އެކި ރަށްރަށުގައި ވޯޓްލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ ވެރިންނަށާއި، އެހީތެރިންނަށްވެސް ތަމްރީން ޕްރޮގްރާމެއް ފަށާނެކަމަށް އެކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދަނީ ރިޔާސީ އިންތިޚާބުގެ އިންސާފުވެރިކަމާއި އަމަންއަމާންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.