ޚަބަރު

ބްރިޖު ހުޅުވާ ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެންނަށް


ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ކުލަ ގަދަ ރަސްމިއްޔާތު ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ހާމަކުރިގޮތުގައި ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ކުލަގަދަ ރަސްމިއްޔާތާއި ރަސްމިއްޔާތުގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު ކާރނިވާ ސަރަޙައްދާއި އާޓިފިޝަލް ބީޗު ސަރަޙައްދުގައި ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން އެސަރަޙައްދުގައި ރަސްމިއްޔާތު ބަލާލެވޭ ގޮތަށް ސްކްރީންތައް ބަހައްޓާފައިވާކަމަށް ސަރުކާރުން ބުނެއެވެ.

ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބަޑިބޭހުގެ ކުޅިވަރުތަކާއި ލޭޒަރ ލައިޓް ޝޯވގެ އިތުރުން، ޗައިނާ އާއި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.