ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ދަސްވެނިވުން މިފަހަރު ބްރިޖުމަތީގައި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާ ބްރިޖްމަތީގައި ބޭއްވުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުއްދަދީފައިވަނީ މިކަމަށް ޤައުމީ ޔުނިވަރސިޓީއިން އެދުމާއި ގުޅިގެންކަމަށެވެ.

މިކަމާއި ގުޅިގެން މިނިސްޓަރވަނީ ޤައުމީ ޔުނިވަރސިޓީއިން ދަސްވެނިވި ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް މައްޙަބާ ދަންނަވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގައެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބުރިޖްގައި ޢާއްމު ދަތުރުތައް ފެށުމަށް ހައުސިންގ މިނިސްޓްރީއިން ނިންމާފައިވާއިރު، އޭގެ ކުރިން ބްރިޖް މަތީގައި ތަފާތު އެކި ޙަރަކާތްތައް ހިންގުމަށްވަނީ ނިންމާފައެވެ. އެގޮތުން މާދަމާ ހަވީރު ބްރިޖްމަތީގައި ކައިވެނި ޙަފްލާތައް ބޭއްވުމަށް ނިންމާފައިވާއިރު، ބްރިޖް މަތީގައި އާއްމުންނަށް ފޮޓޯ ނެގުމަށް ހުޅުވާލާނެކަމަށްވެސް މިނިސްޓްރީއިންވަނީ ބުނެފައެވެ. އަދި މީގެއިތުރުން، ޒުވާނުންގުޅިގެން ބްރިޖްމަތީގައި ތަފާތު ހަތަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. މީގެއިތުރުން ބައިކް މޯލްޑިވްސްއިން ބާއްވާ ބައިސްކަލް ބުރެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.