ކުޅިވަރު

ރޮނާލްޑޯ ދަރިފުޅު ވެސް ޔުވެންޓަސްއަށް


ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އޭނާގެ ދަރިފުޅުވެސް ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެއްޖެއެވެ.

ހަތަރު އަހަރުގެ އެއްބަސްވުމެއްގައި 100 މިލިއަން ޕައުންޑަށް ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުމުން އޭނާގެ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ މިހާރު ފަރިތަކުރަމުން އަންނަނީ ޔުވެންޓަސްގެ 9 އަހަރުން ދަށުގެ އެކަޑަމީގައެވެ.
މިއީ ޔުވެންޓަސްގެ ޑިފެންޑަރު އަންދްރޭ ބަރްޒަގްލީގެ ދަރިފުޅު ވެސް ފަރިތަކުރަމުން އަންނަ އެކަޑަމީއެވެ.
ނަމަވެސް އުމުރުން 8 އަހަރުގެ ރޮނާލްޑޯ ޖޫނިއާ ވަރަށް އަވަހަށް ޔުވެންޓަސްގެ އެހެން އުމުރުފުރާއެއްގެ އެކަޑަމީއާ ގުޅޭނެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އޭނާގެ ދަރިފުޅު މިހާތަނަށް ފޮނުވަމުން އައީ ރެއާލް މެޑްރިޑުގެ އެކަޑަމީ އަށެވެ. އެތަނުގައި ރޮނަލްޑޯގެ ދަރިފުޅުވަނީ ފާހަގަކުރެވޭ ވަރުގެ މޮޅު ކުޅުމެއް ދައްކައިފައެވެ.