ޚަބަރު

ރައީސް ޔާމީނަށް އޮތް ތާޢީދު ހުޅުމާލޭގެ ރައްޔިތުން ދައްކާލައިފި


ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހުޅުމާލޭގައި އޮތް ތާޢީދު ދައްކާލުމަށްޓަކައި ސައިކަލު ބުރެއް ބާއްވައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދުވެސް ބައިވެރިވެވަޑައިގެންނެވި ސައިކަލު ބުރުގައި ހުޅުމާލޭގެ އެކި އުމުރު ފުރައިގެ ފަރާތްތަކުން ބައިވެރިވިއެވެ.

ހުޅުމާލެ ބާބަކިއު ސަރަހައްދުންފެށި މިހަރަކާތުގައި ހުޅުމާލޭގައި ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓްތަކާއި ފްލެޓްތައް ވަނީ ސައިކަލު ބުރުގެ ބައިވެރިންނަށް ދައްކާލާފައެވެ.

ހުޅުމާލޭގައި ސައިކަލު ބުރެއް ބާއްވާފައިވާއިރު، ރައީސް ޔާމީނަށް އޮތް ތާޢީދު ދައްކާލުމަށް ކޮންމެ ދުވަހަކުވެސް ހުޅުމާލޭގައި ހަރަކާތްތައް ކުރިއަށްދެއެވެ.