ޚަބަރު

އަލިފުށި ކައިރީގައި އޮންނަ އެއްތިނގިލީގައި ރިސޯޓެއް ތަރައްޤީކުރާނަން- ރައީސް


ރ.އަލިފުށްޓާއި އެއްފަޅެގައި އޮންނަ އެއްތިނގިލީގައި ރިސޯޓެއް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރ.އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެންތިންގިލީގައި ރިސޯޓެއް ތަރައްޤީކުރެއްވުމަށް ނިންމެވީ، ރަށުގައި ތިބެގެން ވަޒީފާ އަދާކޮށް، އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށްކަމަށެވެ.

"ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ތައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް. އެގޮތުން އަލިފުށި ކައިރީގައި މި އޮތް އެއްތިންގިލީގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްތިނގިލީގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު ފަސް ރިސޯޓު ތަރައްޤީކުރުމެވެ. އަދި އެއަރޕޯޓުތައް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތަރައްޤީކުރަމުންދާއިރު، އަހަރަކު ހަތް މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.