ޚަބަރު

ސިސިލްފަރުގެ ހަވާލުގައި ހައްޖަށްދާ ފަރާތްތަކާއި އެ ގްރޫޕުން ބައްދަލުކޮށްފި





 


"ސިސިލްފަރު ޙައްޖު އެންޑް އުމްރާ" ގްރޫޕުގެ ހަވާލުގައި މިއަހަރު ޙައްޖަދާ ޙައްޖާޖީންނާ އެގުރޫޕުގެ އިސްވެރިން ރޭ ބައްދަލުކުރައްވައިފިއެވެ.


 
އަމީނީ ބިލްޑިންގ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެ ގްރޫޕުން ވަނީ ޙައްޖު ދަތުރާއި ގުޅޭގޮތުން ޙައްޖާޖީންނަށް ކޮންމެހެން އެނގެން ބޭނުންވާނެ މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން އިޙްރާމް ބަނުމުގައި ސަމާލުކަން ދޭއްވީ ކަންތައްތަކާއި، ޙައްޖުގެ އަޅުކަން ކުރުމުގައި ސަމާލުކަން ދޭއްވީ ކަންތައްތަކުގެ އިތުރުން، ސިއްޙީ ގޮތުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ޙައްޖާޖީންނަށް މައުލޫމާތު ދީފައިވެއެވެ.


 


 
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ސިސިލްފަރު ޙައްޖު ގްރޫޕްގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލެއް ކަމަށްވާ، ޔޫސުފް ސިދްޤީ ވިދާޅުވީ، އެ ގްރޫޕުގެ ހަވާލުގައި މިއަހަރު ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ ސަތޭކަ ފަންސަވީސް ބޭފުޅުންނަށް ކަމަށާއި، އެ ފަރާތްތަކުގެ ކެއުން ބުއިމުގެ އިންތިޒާމާއި، ހުރުމުގެ އިންތިޒާމް، ހަމަޖެހިފައިވާކަމަށެވެ. އަދި އެ ގްރޫޕުގެ ހަވާލުގައި ޙައްޖަށްދާ ފަރާތްތައް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅަވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، މައްކާގައި ހަމަޖައްސަންޖެހޭ ބައެއް އިދާރީ ކަންތައްތައް ހުރުމާއިއެކު، އެ ގްރޫޕުގެ އިދާރީ ބޭފުޅުންގެ އެޑްވާންސް ޓީމެއް، މާދަމާ ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސިދުޤީ ވިދާޅުވިއެވެ.