ކުޅިވަރު

ބާސެލޯނާގެ 6000 ވަނަ ގޯލު މެސީ އަށް


ބާސެލޯނާގެ 6000 ވަނަ ގޯލު ރޭ ކެޕްޓަން ލަޔޮނަލް މެސީ ޖަހައިދިން މެޗުން އަލަވެޒް އަތުން 3-0 ން މޮޅުވެ، ސްޕެނިޝް ލީގުގެ އާ ސީޒަނުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގައި މެސީ ވަނީ ދެ ގޯލު ޖަހައިފައެވެ. ދެ ވަނަ ލަނޑު ޖަހީ ފަހުހާފުގައި ކުޅެން ނުކުތް ބްރެޒިލްގެ ފިލިޕް ކުޓީނިއޯއެވެ.
މި މެޗުގައި މެސީ ގޯލު ޖެހުމުން އޭނާ ވެފައިވަނީ ޖެހިޖެހިގެން 15 ސީޒަނުގައި ގޯލު ބާސެލޯނާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އަންދްރޭސް އިނިއެސްޓާ ޓީމު ދޫކޮށްލުމުން ކެޕްޓަނަކަށް ހަމަޖެއްސި މެސީ އަކީ ބާސެލޯނާގެ 5000 ވަނަ ގޯލު ވެސް ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ އެ ގޯލު ޖެހީ މީގެ 8 އަހަރު ކުރިންނެވެ.