ޚަބަރު

އުތީމު ނަރުދަމާ ނިޒާމުގެ ހޮޅިއެޅުމުގެ މަސައްކަތް ފަށައިފި


ހއ.އުތީމުގެ ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.
އުތީމު ނަރުދަމާ މަޝްރޫޢުގެ ދަށުން، އެރަށުގެ 286 ގޭބިސީއަކަށް ފެންހޮޅިގުޅުމަށް ވަނީ ހަމަޖެހިފައެވެ.

އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، އުތީމުގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ހަލުއިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ހޮޅިއެޅުމުގެ މަސައްކަތް ކަމަށެވެ. މިމަޝްރޫޢުގެ ދަށުން ހަދާ 2 ޕަންޕް ސްޓޭޝަންގެ މަސައްކަތުގެ %80 މަސައްކަތް ނިމިފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނަރުދަމާ މަޝްރޫގެ މަސައްކަތްކުރަމުން ގެންދަނީ ސަސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. ދައުލަތުގެ ބަޖެޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މިމަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އުތީމް ކައުންސިލުން މަޢުލޫމާތުދެއެވެ. އުތީމަކީ އެއްހާހާ ގާތްކުރާ މީހުންގެ އާބާދީއެއް ދިރިއުޅުމުން އަންނަ ރަށެކެވެ.