ޚަބަރު

ރައީސް ޔާމީންގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށްފި


ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިގަނެ، އެކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ފަރާތުން ކެނޑިޑަސީ ފޯމް އެކޮމިޝަނަށް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް، އަދި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރުއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުޞައިން ވަނީ އިންތިޚާބުގައި ވާދަނުކުރަން ނިންމާފައެވެ.