ޚަބަރު

ޑރ. ޝަހީމް މިރޭ ފުވައްމުލަކަށް ވަޑައިގަންނަވާނެ


ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ފުވައްމުލަކަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ދަތުރުފުޅަކީ ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ޑރ.ޝަހީމް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ އަށެއްޖަހާއިރުއެވެ. އެމަނިކުފާނަށް ފުއައްމުލަކުން ހޫނު މަރުޙަބާ އެއް ކިއުމަށް ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ޝަހީމްގެ މި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ފުވައްމުލަކުގައި ޕީޕީއެމްގެ ޖަގަހައެއްވެސް ހުޅުއްވައިދެއްވާނެއެވެ.

ޑރ. ޝަހީމް މީގެ ކުރިން ވަނީ ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމުގެ ގޮތުން މެލޭޝިއާ އާއި ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށްވެސް ވަޑައިގެންފައެވެ.