 
										
			ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ. 
ފެނަކަ ކޯޕަރޭޝަނުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައިވަނީ، އިދިކޮޅު ހަރަކާތްތަކުގައި ފެނަކައިގެ މުވައްޒަފުން ބައިވެރިވާކަމަށް ބުނެ ޚަބަރު ފަތުރަމުންދަނީ ކުންފުނީގެ މުވައްޒަފުންގެ އަގު ވައްޓާލުމަށްކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރާއި ކުންފުންޏާއި ދެމެދު އޮތް ގުޅުމަށާއި ރައްޔިތުންގެ މެދުގައި ކުންފުނީގެ ތަޞައްވުރަށް އަސަރުކުރާނެކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.
 
އެހެންކަމުން މިފަދަ ދޮގު ޚަބަރު ފަތުރާ ފަރާތްތަކުން، މިކަންކަމުން ނިކުންނަ ނުރަނގަޅު ނަތީޖާތަކުގެ ޒިންމާ ނަގަންޖެހޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.