ޚަބަރު

އެމްޑީޕީ ސަރުކާރުގައި މަސްބަންދުކުރާ ކެޕޭސިޓީ 70 ޓަނުން 13 ޓަނަށް ވެއްޓުނު- ޝަހީރު


އެމްޑީޕީ ސަރުކާރުން މިފްކޯ ބައިބައިކޮށްލުމުން، މަސްބަންދުކުރާ ކެޕޭސިޓީ 70 މެޓްރިކް ޓަނުން، 13 މެޓްރިކް ޓަނަށް ވެއްޓުނުކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން ބުނެފިއެވެ.

ގއ. ކޫއްޑޫގައި ސަރުކާރުން ތަރައްޤީކުރި މަސްވެރިންގެ މެރީނާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރް ވިދާޅުވީ އެކަމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހުއްޓި، މިފްކޯގެ ވިޔަފާރި އެއްކޮށް ދަށަށްދިޔަކަމަށެވެ.

މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު އެމްޑީޕީ ސަރުކާރުން މިފްކޯ ހިންގުމަށް ގެނައި ނުރަނގަޅު ބަދަލާއެކު މިފްކޯގެ ހިންގުން ވަރަށް ބޮޑަށް ފަހަތަށް ދިޔަކަމަށެވެ.

ޝަހީރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާއެކު މިފްކޯ އަލުން އާރާސްތުކޮށް، މަސްވެރިންނަށް އެމީހުން ބޭނުންވާފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަށާފައިވާކަމަށެވެ. އެގޮތުން މިފްކޯގެ ހިންގުމަށް ގެންނެވި ބަދަލުތަކާއި މިފްކޯއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަން ޝަހީރު ފާހަގަކުރެއްވިއެވެ.

ކޫއްޑޫގައި މިފްކޯއިން މަސްވެރިންގެ އެރީނާއެއް ޤާއިމްކޮށްފައިވާއިރު، މިއީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދުގެ ތެރެއިން ޤާއިމްކުރެއްވި ދެވަނަ މެރީނާއެވެ. 3 ވަނަ އައްޑޫސިޓީ ހުޅުމީދޫގައި ޤާއިމްކުރުމުގެ މަސައްކަތް އަންނަ މަހުގެތެރޭގައި ނިންމައި ޚިދުމަތް ފަށާނެކަމަށް މިފްކޯއިން ބުނެއެވެ.