ކުޅިވަރު

ވަރލްޑްކަޕަށް ތައްޔާރުވާން ރާއްޖޭގެ ޤައުމީ ކެރަމް ޓީމް ކޭމްޕްކޮށްފި


ކޮރެއާގައި އޮންނަ ކެރަމް ވަރލްޑްކަޕަށް ތައްޔާރުވާ ޤައުމީ ކެރަމް ޓީމް ކޭމްޕް ކޮށްފިއެވެ.

ޓީމް ކޭމްޕްކޮށް ފަރިތަކުރުންތައް ކުރިއަށްގެންދަނީ ކެރަމް ހޯލްގައެވެ. ހެނދުނު އަށަކުން ފެށިގެން އިރުއޮއްސި ހަޔަކާ ހަމައަށް ޤައުމީ ކެރަމް ޓީމްގެ ޕްރެކްޓިސް ކުރަމުންދާކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް އެވަގުތުތަކުގެ ތެރޭގައި އެއް ގަޑިއިރު ތިން ބްރޭކް ކުޅުންތެރިންނަށްދެއެވެ. ޓީމް ކޭމްޕް ކުރި ނަމަވެސް ނިދުމާއި، ކެއުން އޮންނަނީ ކުޅުންތެރިންގެ އަމިއްލަ ގޭގައެވެ.
ޤައުމީ ކެރަމް ޓީމްގެ ކުޅުންތެރިން އަންނަނީ ގިނަ ވަގުތުތަކެއްގައި މެދުނުކެނޑި ޕްރެކްޓިސް ކުރަމުންނެވެ. މީގެއިތުރުން ފިޓްނަސް ރަނގަޅުކުރުމަށް ރޭގަނޑު ދުވާ ޓްރެކްގައި ފިޓްނަސް ތަމްރީނުތައްވެސް ކެރަމް ކުޅުންތެރިން އަންނަނީ ފުރިހަމަކުރަމުންނެވެ. ޓީމްގައި އަށް ކުޅުންތެރިން ހިމެނެއެވެ. އެއީ އަންހެން ބައިގައި ހަތަރު ކުޅުންތެރިން އަދި ފިރިހެން ބައިގަ ހަތަރު ކުޅުންތެރިންނެވެ. ޓީމްގެ ކޯޗަކީ ޤައުމީ ޓީމަށް ގިނަ ދުވަސްތަކެއްވަންދެން ކުޅެފައިވާ ޝާފީ މުޙައްމަދުއެވެ. އަދި ޓީމްގެ މެނޭޖަރަކީ 2016ގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދި ކެރަމް ޓީމްގެ ކެޕްޓަން ހުސައިން އަލީއެވެ.

މުބާރާތް އޮންނާނީ މިމަހުގެ 23 ން 29 އަށެވެ. އެންމެ ފަހުން ކެރަމް ވަރލްޑްކަޕް ބާއްވާފައިވަނީ ރާއްޖޭގައެވެ. އެމުބާރާތުން ރާއްޖޭގެ އަންހެން ޓީމް 3 ވަނަ ހޯދިއެވެ.