ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ގދ. މަޑަވެއްޔަށް ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގއ އަދި ގދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މަޑަވެލީގެ އިތުރުން ގދ.ފަރެސްމާތޮޑާ އަދި ގދ.ގައްދޫއަށް މިއަދު ވަޑައިގަންނަވާނެއެވެ.
މިދަތުރުފުޅުގައި އެރަށްރަށުގައި ސަރުކާރުން ހިންގަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވާނެއެވެ. އަދި ބައެއް ރަށްރަށުގައި އައު މަޝްރޫޢުތައް އިފްތިތާޙުކުރުންވެސް މިދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެއެވެ.