މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރަންވާނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރަން ބޭނުންވާ ރަށްތަކުގެ ކައުންސިލްތަކުން ނުވަތަ ޖަމިއްޔާ ޖަމާޢަތްތަކުން އިސްލާމިކް މިނިސްޓްރީއަށް އެކަން ހުށަހަޅައި އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދައިގެން އެކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެ އިތުރުން އަޟްހާ ޢީދު ނަމާދު އިމާމުވެ ކުރާ ފަރާތްތަކުގެ މައުލޫމާތުވެސް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްތަކާއި، މާލޭގައި ފިތުރު ޢީދު އަދި އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރެއެވެ.