ޚަބަރު

އިގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރ އަންގާރަދުވަހު ޤާއިމުކުރަނީ


އިގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމް ކުރުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 7 އިން 8 އަށް ރާއްޖޭގައި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ އިގިރޭސިވިލާތުގެ އެންބަސީއިން ނިންމާފައިވާކަމަށެވެ. އެގޮތުން މި ސެންޓަރުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ އަންގާރަ އިން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 17:00 އަށް ފޮރިން މިނިސްޓްރީގައެވެ. މި ވިސާ އެޕްލިކޭޝަން ސެންޓަރުގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 6 އެއްވާ ހޯމަ ދުވަހު 17:00 ގެ ކުރިން ވިސާ އަށް އެދުމަށްޓަކައި އޮންލައިންކޮށް އެޕޮއިންޓްމަންޓް ހަދައި، ވިސާ ފީ ދައްކަން ޖެހެއެވެ.

އިގިރޭސިވިލާތުގައި ދިގުމުއްދައްތަށް ދިރިއުޅޭ ފަރާތްތަކަށާއި، ޚާއްސަކޮށް އެޤައުމުގައި ކިޔަވާ ކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވަގުތީ ވިސާ ސެންޓަރެއްގެ ޙިދުމަތް ރާއްޖޭގައި އަންނަނީ ދެމުންނެވެ. މި ޚިދުމަތުގެ ސަބަބުން ވިސާ ހެއްދުމަށް ސްރީލަންކާއަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ހަމަޖެއްސެއެވެ.

މިޚިދުމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ވީހާވެސް ގިނަ ފަރާތްތަކުން ހިތްފުމަށް ސަރުކާރުން ބާރު އަޅައެވެ.