އައްޑޫ ސިޓީ ހިތަދޫގައި ދިގު މުއްދަތެއް ވަންދެން ބޮޑު ކަތީބުކަން ކުރެއްވި މޫސާ ވަޖުދީ އަވަހާރަވެއްޖެއެވެ.
މޫސާ ވަޖުދީ އަވަހާރަވީ ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މީހުންނާއި ހިތްހެޔޮ މޫސާ ވަޖުދީއަކީ އައްޑޫ ސިޓީ ހިތަދޫގެ ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އޭރު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
ހިތަދޫ ބޮޑު ކަތީބުކަމުގައި ވަޖުދީ ހުންނެވިއިރު އެމަނިކުފާނު ވަނީ އެރަށަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ހިތަދޫ ތަރައްޤީއަށްވެސް އެމަނިކުފާނުގެ ކަތީބު ކަމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.
ވަޖުދީގެ ކަށު ނަމާދު މިއަދު އަސްރު ނަމާދަށް ފަހު ހިތަދޫ ހުކުރު މިސްކިތުގައި އޮންނާނެއެވެ.