ތަޢުލީމު

އޭލެވެލް އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރަން ފަށައިފި


މިއަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރުގައި ބާއްވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، މިއަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިއަދުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް އެޑިޕާޓްމަންޓުންނާއި، އެ ކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެ ކަމަށެވެ. އެ ޑިޕާޓްމަންޓަންޓުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0830 ން މެންދުރު 1330 އަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީއާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ އެދިފައެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ލިއުމަކުން އެ ޑިޕާޓްމަންޓަށް ހުށަހެޅުވަމަށާއި، އެ މުއްދަތުގެ ފަހުން ހުށަހަޅާ އިޞްލާޙުތައް ގެނެވޭނީ އެމެންޑްމަންޓް ފީ ދެއްކުމުން ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެއެވެ.