މާތްވެގެންވާ އިސްލާމްދީނުގެ ވަޙުދަތާއި އިސްލާމީ އުޞޫލުތަށް ދިވެހިބިމުން ބީވެގެން ހިނގާދާނެފަދަ ގޮތަކަށް އަންނަސެޕްޓެމްބަރ މަހުގެ 23 ވަނަދުވަހުގެ ވޯޓް ނުހެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
ޕީޕީއެމްގެ ރިއާސީ ޓިކެޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަޙީމް ޢަލީ ސަޢީދާ ހަވާލުކޮއްދެވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީންވަނީ ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރުދުވަހުގެތެރޭގައި މި އުޞޫލުތަށް ހިފެހެއްޓޭނެ ބޭފުޅެއްކަން ސާބިތުކޮއްދެއްވާފައިކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ ރައީސްޔާމީންވަނީ އެމަނިކުފާނަކީ ޤައުމަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނެސްދެވޭނެ ވެރިއެއްކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވަނީ ހަޤީޤީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަށް ރައީސް ޔާމީންގެ ކިބައިގައި ހުރުމުންކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި އެކަމަކަށްޓަކައި ދިވެހި ކުދިބޮޑު އެންމެންގެ އެދުން އެކަމަކަށްޓަކައި ގުޅިފައިވާކަމަށް ވުމުން ރައީސް ޔާމިންއަށް ޕީޕީއެމްގެ ރިއާސީ ޓިކެޓް ޔަޤީންވުމުގެ ފަހަތުގައިވާކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ޕީޕީއެމް، އެމްޑީއޭ ކޯލިޝަން އަބަދުވެސް އޮންނާނީ، ރައީސް ޔާމީންގެ ވެރިކަން ދިފާޢުކުރުމަށްޓަކައި އައްޑަނައަކަށްވެގެންކަން ފާހަގަކުރައްވައި ޢަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ މައްސަލަތަކަށް އެންމެ އެކަށޭނަ އަދި ދާއިމީ ޙައްލުތަކެއް ހޯއްދަވާފައިވަނީ ރައީސް ޔާމީންކަމަށެވެ. އެގޮތުން ވަޒީފާނުލިބިފައިތިބި ގިނަ ޢަދަދެއްގެ ބައެއްގެ ޝަކުވާތަކަށް އެދެވޭޙައްލެއް ރައީސް ޔާމީން ހޯއްދަވާދެއްވާފައި ވާކަން އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
"ތަރައްޤީ އައު ޒަމާނަކަށް" މި ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދެކަނބަލުންނާއި ކެބިނެޓް މިނިސްޓަރުންނާއި ޕީޕީއެމްއާއި އެމްޑީއޭގެ މެމްބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމުން ބައިވެރިވެފައިވެއެވެ.