ޚަބަރު

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ރަސްމީކޮށް އަރުވައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވީ މިހާރު ޕީޕީއެމުން ދަރުބާރުގޭގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައެވެ.

ދަރުބާރުގޭގައި އޮތް ރަސްމިޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަދި ޕީ.ޕީ.އެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރިޔާސީ ޓިކެޓް އެރުއްވީ ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ވަނީ ރައީސް ޔާމީންގެ ރަނިންގ މޭޓްގެ ގޮތުގައި އިއުލާންކުރައްވާފައިވާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދަށްވެސް ޓިކެޓް އަރުވާފައެވެ. ރަނިންގ މޭޓްގެ ޓިކެޓް އެރުވުމުގެ ކުރިން ޑރ. ޝަހީމް ވަނީ ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޑރ. ޝަހީމް ޕާޓީއަށް ވަނުމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މިރަސްމިއްޔާތުގައި ޕީ.ޕީ.އެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއަށް މިފަހަރުގެ އިންތިޚާބުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވަން ނިންމީ އިސްލާމް ދީނާއި، އިސްލާމީ ވަޙްދަތު ރައީސް އަބްދުﷲ ޔާމީން ހިފަހައްޓަވާނެކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ.