ޚަބަރު

ދުނިޔޭގެ ލަގްޒަރީ ރެސްޓޯރެންޓްގެ 2 އެވޯޑެއް ކުރުނބާ މޯލްޑިވްސްއަށް


ކުރުނބާ މޯލްޑިވްސްގެ ތިލަ ރެސްޓޯރަންޓަށް ދުނިޔޭގެ ލަގްޒަރީ ރެސްޓޯރެންޓްގެ 2 އެވޯޑެއް ލިބިއްޖެއެވެ. މިއަހަރުގެ ދުނިޔޭގެ ލަގްޒަރީ ރެސްޓޯރެންޓް އެވޯޑްސްގައި ކުރުނބާ ރެސްޓޯރެންޓަށް ލިބިފައިވަނީ ބެސްޓް ލަގްޒަރީ ސީފުޑް ރެސްޓޯރެންޓްގެ އެވޯޑާއި، އިންޑިއަން އޯޝަންގެ ތީމް ރެސްޓޯރެންޓްގެ އެވޯޑެވެ.

ކުރުނބާ މޯލްޑިވްސްއަކީ ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. މި ރިސޯޓް ހުޅުވާފައިވަނީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވުމާއިއެކު 1972 ވަނަ އަހަރުއެވެ.

45 އަހަރުގެ ދިގު ތާރީޙުގައި ކުރުނބާ މޯލްޑިވްސްއިން މިހާރު އަންނަނީ ތަފާތު 8 ފަންތިއެއްގެ ކޮޓަރިތައް އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފޯރުކޮށްދެމުންނެވެ.

ދުނިޔޭގެ ލަގްޒަރީ ރެސްޓޯރެންޓް އެވޯޑްސް ތަފާތު 78 ދާއިރާއަކުންދޭއިރު މި އެވޯޑްދެނީ ކެއްކުމުގެ ދާއިރާއާއި، އެ ރެސްޓޯރެންޓުން ކުރެވޭ ތަޖުރިބާއާއި، މާހައުލުގެ އިތުރުން އެތަނުން ދޭ ޙިދުމަތައް ބެލުމަށްފަހުއެވެ. މި އެވޯޑް ދިނުމުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ރަނގަޅު ރެސްޓޯރެންޓްތައް ފަތުރުވެރިންނަށް އަންގައިދިނުމެވެ. އެވޯޑްދެނީ ފަތުރުވެރިންނާއި ދާއިރާގެ ތަޖުރިބާކާރު ފަރާތްތަށްދޭ މާރކްސްއަށް ބެލުމަށްފަހުއެވެ.