ކުޅިވަރު

13 އަހަރުން ދަށުގެ 1 ވަނާގައި ހދ.އަތޮޅު ތައުލީމީ މަރުކަޒު


މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގެ 3 ވަނަ ދުވަހުގެ އިވެންޓްތައް ނިމުނުއިރު 13 އަހަރުން ދަށުގެ އެއްވަނަ ހދ.އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފިއެވެ. މިއުމުރުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިންވެސް 1 ވަނާގައި މިވަގުތު އޮތީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ. ފިރިހެން ކުދިންގެ ބައިން 2 ވަނާގައި އޮތީ ހާފިޒު އަހުމަދު ސްކޫލެވެ. 3 ވަނާގައި އޮތީ މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.
އަންހެން ކުދިންގެ ބައިން ދެވަނާގައި އޮތީ ޖަމާލުއްދީން ސްކޫލެވެ.3 ވަނާގައި އޮތީ ހާފިޒު އަހުމަދު ސްކޫލެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން މިވަގުތު 1 ވަނާގައި އޮތީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. 2 ވަނާގައި އޮތީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 3 ވަނާގައި އޮތީ ގެމަނަފުށި ސްކޫލެވެ. މިއުމުރުގެ އަންހެން ކުދިންގެ ބައިން 1 ވަނާގައި އޮތީ ޝަރަފުއްދީން ސްކޫލެވެ. 2 ވަނާގައި އޮތީ ހާފިޒު އަހުމަދު ސްކޫލެވެ. 3 ވަނާގައި އޮތީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން މިވަގުތު 1 ވަނާގައި އޮތީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 2 ވަނާގައި އޮތީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 3 ވަނާގައި އޮތީ އައްޑޫ ހައި ސްކޫލެވެ.
މިއުމުރުގެ އަންހެން ކުދިންގެ ބައިން 1 ވަނާގައި އޮތީ އައްޑޫ ހައި ސްކޫލެވެ. އެންމެ ކައިރިން ވާދަކުރަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 3 ވަނާގައި އޮތީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ.

މިޑްރިލޭ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލެވެ. އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ.
4*200 މީޓަރު ރިލޭގެ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. މިއިވެންޓްގެ 15 އަހަރުން ދަށުގެ ފިިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީވެސް ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. މިއުމުރުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލެވެ.

4*400 މީޓަރު ރިލޭގެ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑިސްކަން ތްރޯއިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު އަބުދުﷲއެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ލޯންގް ޖަމްޕުން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު އައިހަމްއެވެ.
ޖަވެލިން ތްރޯގެ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގެމަނަފުށި ސްކޫލްގެ ސަފްހާން އަލީއެވެ.

މައިލޯ 21 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ރަސްމީކޮށް ފެށީ މިއަދުއެވެ. ފައްޓަވައިދެއްވީ ކޮމިޝަރ އޮފް ސްޕޯރޓްސް އަލީ އުމަރެވެ. އެތްލެޓިކްސް މީޓް ނިމޭނީ މާދަމާއެވެ.