ޚަބަރު

ހަކުރުބަލި ހުންނަ މީހުންނަށް ބޭނުންކުރެވޭ ސުވީޓްނާ ބްރޭންޑެއް އެސްޓީއޯ އިން ތަޢާރަފުކޮށްފި


ހަކުރު ބަލި ހުންނަ ބޭފުޅުންނަށްވެސް ބޭނުންކުރެވޭ، ސިއްޙަތަށް ފައިދާ ހުރި، ސުވީޓްނާ ބްރޭންޑް "ޝުގަރފްރީ" އެސްޓީއޯ ސުޕަރމާޓްއިން ޚާއްޞަ އަގުތަކެއްގައި ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

އިންޑިޔާގެ "ޒީދަސް ވެލްނެސް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "ޝުގަރފްރީ" ބްރޭންޑުގެ ހަކުރަކީ އިންޑިއާގެ ގިނަ ޢަދަދެއްގެ ޢާންމުންގެ އިތުރުން ގެސްޓް ހައުސްތަކުގައާއި، ރިސޯޓް، ރެސްޓޯރެންޓް، ހޮޓާ، ކެފޭ އަދި ބޭކަރީތަކުގައިވެސް ބޭނުންކުރަމުން އަންނަ މަޤުބޫލު ހަކުރެކެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއު އެޗްއޯގެ ހުއްދައާއެކު ވިއްކާ މިބްރޭންޑަކީ އިންޑިއާގެ 94 އިންސައްތައިގެ މާރކެޓް ޙިއްސާ އޮންނަ އެޤައުމުގެ އެއްވަނަ ސުވީޓްނާ ބްރޭންޑެވެ.

އެސްޓީއޯ ވަނީ ޝުގަރފްރީ ބްރޭންޑުގެ 3 ބާވަތެއްގެ 9 އުފެއްދުމެއް ބާޒާރަށް ނެރެފައެވެ.
މީގެތެރޭގައި ހަކުރުގެ ބަދަލުގައި ބޭނުންކުރެވޭ އާރޓިފިޝަލް ސުވީޓްނާ ބޭނުންކޮށްގެން އުފައްދާފައިވާ ޝުގަރފްރީ ގޯލްޑް ހަކުރާއި، އެއްވެސް ވަރަކަށް ކެލަރީ ނުހިމެނޭ ޝުގަރފްރީ ނެޗުރަލް ހަކުރާއި، %100 ގުދުރަތީ ސްޓެވިއާ ފަތުން އުފައްދާފައިވާ އެއްވެސް މިންވަރަކަށް ކެލަރީސް ހިމެނިފައިނުވާ ހަކުރުގެ ބާވަތެއް ކަމަށްވާ ޝުގަރފްރީ ގްރީން ހިމެނެއެވެ.
މިއިން ކޮންމެ ބާވަތެއްގެވެސް 50 އަދި 100 ގުޅައިގެ ޕެކިންގގެ އިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މިފަދަ ޞިއްޙަތައް ފައިދާހުރި ބްރޭންޑުތައް ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރަތްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ ސުޕަރމާޓްގެ މަޤުސަދެކެވެ. މިގޮތުން މިހާރުވެސް އެސްޓީއޯ ސުޕަރމާޓް، އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރ، އެސްޓީއޯ އެކްސްޕްރެސް (ފުޑްކޯޓް) އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން، އެސްޓީއޯ ފާމަސީތަކުން ލިބިވަޑައިގަންނަވާ ޝުގަރފްރީ ހަކުރަކީ މިވަގުތު ބާޒާރުގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ހަކުރުގެ ބްރޭންޑުތަކުގެ ތެރޭގައި ގުނާލެވޭނެ ބްރޭންޑެއް ކަމުގައި ވެސް އެސްޓީއޯ އިން ބުނެއެވެ.