ޚަބަރު

ފުލުހުންނަށް ހުރަސްއަޅާނަމަ ހަރުކަށި ފިޔަވަޅު އަޅައިދީ - އެކްޓިން ސީޕީ


ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް އަނިޔާދޭ ފަރާތްތަކާމެދު ފިޔަވަޅުއަޅާއިރު، ޤާނޫނު ތަންދޭ އެންމެހަރުކަށި ފިޔަވަޅު އަޅުއްވައިދެއްވުމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި އެދިވަޑައިގެންފިއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މިކަމަށް އެދިވަޑައިގަތީ ފޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ފުލުހުންނަކީ ރާއްޖޭގެ މަދަނީ ޢާމްނު، ނުވަތަ ޢާއްމު ރައްޔިތުންނާއި ޤައުމުގެ އެތެރޭގެ ސުލްހަވެރިކަމާއި އަމާންކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާ ފަރާތްކަން ފާހަގަކުރައްވަމުން އެކްޓިން ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް އަނިޔާކުރުމުގެ ގިނަ މައްސަލަތަކެއް ބަލައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށްވަނީ މިހާރުވެސް ފޮނުވާފައިކަމަށާ މިމައްސަލަތައް ވިހާވެސް އަވަހަށް ނިންމަވައިދެއްވުމަށް، އެކްޓިން ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.