ޚަބަރު

މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ - މެޓް އޮފީސް



މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ކ އަތޮޅާއި ސ އަތޮޅާއި ދެމެދު ގެ ޞަރަޙައްދުތަކަށް މިއަދު ހެނދުނު 08:30 ފެށިގެން މެންދުރު 13:00 ސުންމިނެޓާއި ހަމައަށް ވައިޓް އެލަރޓް ނެރަފައެވެ.

މެޓް އޮފީހުން ބުނީ ކ އަތޮޅާއި ސ އަތޮޅާއި ދެމެދު ގެ ޞަރަޙައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
ދެކުނުގެ އޮތޮޅުތަކުގައި ދެކުނު ހުޅަނގާއި ހުޅަނގުން ގަޑިއަކު ގާތްގަނޑަކަށް 05 މޭލާއި 15 މޭލާއި ދެމެދު ގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި އަދި އެހެނިހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް މޫސުމާއި ބެހޭ ޤާއުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ދިޔަ ވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ޞަރަޙައްދުތަކަށް ޚާއްޞަކޮށް މެދު ރާއްޖެތެރެ އާއި ދެކުނު ގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.