ޚަބަރު

މާކިއުރީ އިންޖީނަށް އަހުލުވެރިވުމަށް ތަމްރީންވުމުގެ ފުރުޞަތު 7 މީހަކަށް ދީފި


މާކިއުރީ އިންޖީނަށް އަހުލުވެރިވުމަށް ތަމްރީންވުމުގެ ފުރުޞަތު، ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސްއިން ރާއްޖޭގެ 7 މީހަކަށް ދީފިއެވެ.

ސިންގަޕޫރުގައި އޮންނަ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތުދިން މީހުން މިމަހުގެ 22 ވަނަ ދުވަހު ފުރާނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ 8 ދުވަހުގެ މުއްދަތަކަށެވެ. ސިންގަޕޫރުގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްއަކީ ސިންގަޕޯގެ މަރކިއުރީ ޓްރެއިނިން ސްކޫލްގެ ފަރާތުން ހިންގާ ސެޓްފިކެޓް ލެވެލް ކޯހެކެވެ.

މާކިއުރީ އިންޖީނަށް އަހުލުވެރިކުރުމަށް ހިންގާ މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ މެރިން ޕޮލިސްގެ 2 މެމްބަރުންނާއި އެމްއެންޑީއެފްގެ އިންޖިނިއަރެއް ބައިވެރިވެއެވެ. އަދި ހަސަން މެރިންގެ އިންޖިނިއަރިންނާއި ބައެއް ރިސޯޓްތަކުން ވެސް ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ ކޯސް ފީ އާއި ހުރުމާ ކެއުން ސިންގަޕޫރުގައި ހަމަޖައްސާފައިވަނީ ހަސަން މެރިންގެ ފަރާތުންނެވެ. މިފަދަ ތަމްރީން ތަކަކީ ހަސަން މެރިންގެ ފަރާތުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދީގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ތަކެއްކަމަށް އެކުންފުނިން ބުނެއެވެ.

މާކިއުރީ އިންޖީނު ރާއްޖެއެތެރެކޮށް މާކެޓްކުރުމުގެއިތުރުން އެ ބްރޭންޑުގެ އިންޖީނަށް ބޭނުންވާ ސްޕެއާ ރާއްޖޭގައި ވިއްކަމުންދަނީ ހަސަން މެރިން އިންނެވެ. މީގެއިތުރުން މާކިއުރީ އިންޖީނަށް ބޭނުންވާ ސާވިސް ވެސް އެކުންފުނިންދަނީ ފޯރުކޮށްދެމުންނެވެ.

މާކިއުރީ އިންޖީނަކީ ރާއްޖޭގައި ދުއްވާ ގިނަ ޢަދަދެއްގެ ލޯންޗާއި އެފަދަ އުޅަނދުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހިންގެ އިތުބާރު ލިބިފައިވާ އިންޖީނެކެވެ. އެމެރިކާގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ މާކިއުރީ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކާ ހަސަން މެރިންއަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ކާމިޔާބު ކުންފުންޏެކެވެ. މާކިއުރީ މެރިންއިން ދޭ އެންމެ ޝަރަފްވެރި އެއް އެވޯޑު 2017 ވަނައަހަރު އެކުންފުންޏަށް ވަނީ ލިބިފައެވެ.