ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅު ފަރާތްތަކުން ދަޢުވަތު ދިންކަމަށާ، އެހެންނަމަވެސް ވަގުތުން އެކަމަށް އިންކާރުކުރައްވާފައިވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅުއްވާ ހުވަދުއަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ދާދިފަހުން ސިޔާސީ ޕާޓީއަކުން އެކުލަވާލެއްވި ހިޔަނި ކެބިނެޓަށް އެމަނިކުފާނު ވަޑައިގަތުމަށްއެދި ދަޢުވަތު ލިބިވަޑައިގަތްކަމަށެވެ. ނަމަވެސް އެ ދަޢުވަތު ލިބިވަޑައިގަތުމާއިއެކު އެކަމަށް ވަގުތުން އިންކާރު ކުރެއްވި ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. އެ ދަޢުވަތަށް އިންކާރު ކުރެއްވުމުން، އިދިކޮޅު ފަރާތްތައް ތަމްސީލުކުރުމަށް ނުކުންނަވާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަމަށް ވުމަށްވެސް ދަޢުވަތު ލިބިވަޑައިގަތްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓުކަން އެމަނިކުފާނަށް ދެއްވުމަށް ރައީސް ދެއްވި ދަޢުވަތު އެއްވެސް ޝަރުޠަކާއި ނުލައި ޤަބޫލުފުޅުކުރައްވާފައިވާނެކަމަށެވެ. ޑރ.ޝަހީމް ވަނީ ރައީސް ޔާމީނުގެ ރަނިންމޭޓުކަން އެމަނިކުފާނަށް ލިބިވަޑައިގަތުމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބު ނިމުމާއިއެކު ރައީސް ޔާމީން ޑރ.ޝަހީމް ސަރުކާރުން އެކަހެރިކުރައްވައި މަޤާމުން ދުރުކުރައްވާނެކަމަށް އިދކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ޑރ.ޝަހީމް ވަނީ ރައްދުދެއްވާފައެވެ.
ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ އެމަނިކުފާނު ވަރަށް އަވަހަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއާ ރަސްމީކޮށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ.