ޚަބަރު

އޯލެވެލް ގަދަ 10 އިޢުލާންކުރުން މާދަމާ ރޭ


މިދިޔަ އަހަރު ބޭއްވި ކޭމްބްރިޖް އޯލެވެލް އިމްތިޙާނުން، ރާއްޖެއިން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުން އިޢުލާންކުރުމުގެ ޙަފުލާ މާދަމާރޭ ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ކޭމްބްރިޖް އޯލެވެލްގެ ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ރަސްމީ ޙަފުލާ އޮންނާނީ އެހެން އަހަރުތަކާ އެއްގޮތަށް މާދަމާ ރޭ ދަރުބާރުގޭގައެއެވެ. މިއހަރުގެ މި ޙަފުލާގައިވެސް އޯލެވެލް ގަދަ ދިހައެއްގައި ހިމެނުނު ހުރިހާ ދަރިވަރުންނަށް ސްޓޭޖްމަތިން އެވޯޑް ޙަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރު އޯ ލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގައި 5300 އެއްހާ ދަރިވަރުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން ޘާނަވީ ތަޢުލީމު ނިންމައި އިމްތިޙާނުތަކުގައި ފަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތް ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 77 އިންސައްތައަށް އަރާކަމަށް
ޓޮޕްޓެން ހޮވުމުގެ ކްރައިޓީރިއާއަށް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު ޓޮޕް ޓެން ހޮވަނީ "އޭ"ގްރޭޑް ގެއިތުރުން "އޭ ސްޓާރ"ހޯދާ ދަރިވަރުންގެ ތެރެއިންނެވެ.