ޚަބަރު

ޑިރެކްޓަރުންނަށް ޚާއްޞަ ތަމްރީނު ޕްރޮގުރާމެއް ސީއެމްޑީއޭއިން ފަށައިފި


ސަރުކާރުގެ އޮފީސްތަކާ، ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ޚާއްޞަ ތަމްރީނު ޕްރޮގުރާމެއް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ، ސީއެމްޑީއޭއިން ފަށައިފިއެވެ.

ސީއެމްޑީއޭއިން ބުނީ ޑިރެކްޓަރސް ޓްރެއިނިން ޕްރޮގްރާމުގެ މަޤްޞަދަކީ ސަރުކާރުގެ އޮފީސްތަކާ، ކުންފުނިތަކުގެ މަތީ މާޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލިޔަތުކަން އިތުރުކޮށް، ވަޒީފާގެ މާޙައުލުގައި ބޭނުންކުރާނެ ފަންނީ ހުނަރު ދަސްކޮށްދިނުންކަމުގައެވެ.

"ތީރީސް ފަސް ބޭފުޅުން މިޕްރޮގްރާމްގައި ބައިވެރިވަނީ، އޭގެ ތެރޭގައި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވާ ފަރާތްތަކާ، އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަތައް ހިމެނޭ. އަޅުގަނޑުމެންގެ އުންމީދަކީ ކުންފުނިތަކުގައި ޙަރަކާތްތެރިވާ، ނުވަތަ ކުންފުނިތަކުގެ ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރޮފެޝަނަލް ޕްރޮގްރާމެއް ފުރިހަމަކޮށްފަ، އެންމެ ރަގަނޅަށް އެކަންކުރެވޭނެ ޤާބިލުކަން ހުރި ބޭފުޅުން ކުންފުނިތަކުގެ ބޯޑުގައި ތިއްބެވުން." ސީއެމްޑީއޭ، ޑިރެކްޓަރ ޖެނެރަލް އައިމިނަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

ސީއެމްޑީއޭން ބުނީ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދަނީ ވިމެން އޮން ބޯޑްސްއާ ސީއެމްޑީއޭއާ ގުޅިގެންކަމަށެވެ. އަދި ޕްރޮގްރާމުގެ ކޮންޓެންޓް އުފެއްދުމާއި، ޕްރޮގްރާމް ޑިޒައިން ކުރުމުގައި މީރާއާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލް އޮފީހާއި، ރެޖިސްޓްރަރ އޮފް ކޮންޕެނީސްގެ އެއްބާރުލުން ލިބިފައިވާކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

3 ދުވަހުގެ ޑިރެކްޓާރޒް ޓްރެއިނިން ޕްރޮގްރާމް ކުރިޔަށް ގެންދަނީ މާގިރި ހޮޓެލްގައެވެ.